ބީއެމްއެލްއިން މުޅިން އަލަށް ސްޓޫޑެންޓް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ކާޑު ތައާރަފްކޮށްފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އުމުރުން 7 އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ
ވިސާ ޑެބިޓް ކާޑެއް
އެއްވެސް ފީއެއް ނުނަގާނެ
ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއް ފަހަރު ރިބޭޓެއް ދޭނެ؛އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ %0.5 ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށް؛ އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް
މި ކާޑުން ބެލެނިވެރިންނަށް ލިބޭ އިހުތިޔާރުތަކުގެ ތެރޭގައި:
ކާޑަށް އެެދި ހުށަހަޅަންޖެހެނީ ބެލެނިވެރިން؛ ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެ
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި ހަރަދުކުރުމުގައި އިރުޝާދުދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ
ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް، ޕިން ބަދަލުކުރުން ފަދަ ހިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ 
ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓާކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެ
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާ އެކު ފައިސާ ބަލަހައްޓަން ދަސްކޮށްދިނުމަށެވެ.
"އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ހިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް... ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަންނުވައި އަޅުގަނޑުމެންގެ އަމާޒަކީ މާލީ ހިދުމަތްތަކާ މެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަނީ އީޖާދީ ބޭންކިންގެ ހައްލުތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ