ގޭބިސީތަކާއި ވިޔަފާރިތަކުން ފެން ބިލް ނުދެއްކި ގިނަ ދުވަސް ވުމުން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދަން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ. އެފަދަ ޕްރޮގްރާމެއް މިދިޔަ އަހަރު ވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ އެވެ.
ތަފްސީލް - އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމްގެ ދަށުން:
ގޭބިސީތަކާއި ވިޔަފާރިތަކުގެ ބިލްތަކަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭނެ
އެ ފުރުސަތު ލިބޭނީ މި މަހުގެ 1 އިން މި އަހަރުގެ 31 ޑިސެމްބަރާ ދެމެދު ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ކަސްޓަމަރުންނަށް
މީގެ އިތުރުން ނުދެއްކި ގިނަ ދުވަސްވެފައިވާ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެގޮތުން:
އެދޭ ފަރާތްތަކަށް އެއްބަސްވުމެއްގެ ދަށުން އިންތިޒާމް ހަމަޖައްސައިދޭނެ
ނަމަވެސް އެ ފަރާތްތަކަށް ޖޫރިމަނާ މައާފުކޮށް ދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ނިމުމުން
"ނުދެއްކި ގިނަދުވަސްވެފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދެއްކުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވެއެވެ،" ބަޔާނުގައިވެ އެވެ.
އެނގުން މުހިންމި - އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް:
ކުންފުނީގެ ކަސްޓަމަ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރެވޭނެ
ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ދޭނެ
ފެން ބިލްތަކުގެ ޖޫރިމަނާ މައާފްކޮށް ދޭން އިތުރު ފުރުސަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ