ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ވިލިމާލޭ ދާއިރާގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީން ފާހަގަކޮށްފި!

ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކާމިޔާބުކޮށް ޑރ މުހައްމަދު މުއިއްޒު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ޕީޕީއެމް ވިލިމާލެ ދާއިރާގެ ސްޓިއަރިން ކޮމެޓީއާއި އާންމު ރައްޔިތުން ގުޅިގެން އުފާ ފާޅުކުރުމަށް ބޮޑު ކެއުމެއް ބާއްވައިފި އެވެ. 
މި ކެއުމުގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 
ވިލިމާލޭގައި ބޭއްވި ފަރިއްކޮޅުގެ ތެރެއިން
ރޭ ބޭއްވި އެ ކެއުމުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރައްވާ އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މުހައްމަދު އިސްމާއިލް ވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި ވިލިމާލޭ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ. 
ވިލިމާލޭގައި ބޭއްވި ފަރިއްކޮޅުގެ ތެރެއިން
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ވެސް ވިލިމާލެ ދާއިރާއިން މެޖޯރިޓީ ނަންގަވާފައިވަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ. 
ޑރ މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ވިލިމާލެ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އަދި ވިލިމާލެ އަސްލު ނުގެއްލޭގޮތަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ވިލިމާލޭގެ ތަރައްގީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ