އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ހިންގައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނީ، ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އިންޑޮނޭޝިޔާގައި އެސެޓް ރިކަވަރީގެ މަސައްކަތް ކުރެވޭ ގޮތާއި ރިޝަވަތުގެ ކުށް ތަހުގީގުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކޭޕީކޭއިން ކުރަމުން އަންނަ މަސައްކަތްތަކާއި އެ ކޮމިޝަނުން ކޮށްފައިވާ ބޮޑެތި ތަހުގީގުތަކާއި އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށްފައިވާ ކަމަށެވެ.
ދެ ދުވަހުގެ މި ޕްރޮގްރާމްގައި ތަހުގީގުކުރުމުގެ ދާއިރާ އާއި ޕްރިވެންޝަން ދާއިރާގައި އެކި އިދާރާތަކުގައި މަސައްކަތްކުރާ 30 މުވައްޒަފުން ބައިވެރިވި ކަމަށް އޭސީސީން ބުނެއެވެ. މިއީ މި މަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ)ގެ ވަފުދުން ރާއްޖެއަށްކުރަމުން އަންނަ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމުގައި ވެސް އޭސީސީން ބުންޏެވެ.
އޭސީސީގެ އިތުރުން މި ޕްރޮގްރާމްގައި، ފުލުހުންގެ ހިދުމަތާއި، ޕީޖީ އޮފީސް، ކަސްޓަމްސް، މިނިސްޓްރީ އޮފް ފައިނޭންސް، މީރާ، އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސްއިން މުވައްޒަފުން ބައިވެރިވިއެވެ.
އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ