ސްކޫލް ތަކުގެ ލައިބްރަރީގައި ހުރި އިސްލާމްދީނާއި ސަގާފަތަށް ފުށުއަރާ ފޮތްތައް ނައްތާލުމަށް އަންގައިފި

ސްކޫލް ތަކުގެ ލައިބްރަރީގައި ބޭނުންކުރާ ފޮތް ތަކާއި އެހެނިހެން ވަސީލަތް ތަކުގެ ތެރޭގައި އިސްލާމް ދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާއި ފުށުއަރާފަދަ ތަކެތި ނައްތާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ދިވެހިރާއްޖޭގެ ސްކޫލްތަކަށް އަންގައިފިއެވެ.
މިފަދައިން ސްކޫލް ތަކަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އަންގާފައިމިވަނީ އެ މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައެވެ.
މި ސަރކިއުލާގައި ވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮތްތައް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށް ސްކޫލްތަކަށް އަންގާފައެވެ.
Advertisement
ހަަމައެހެންމެ އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށެވެ. 
ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަޤާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދެވުމަށް ވެސް އެސާކިއުލާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ