ނަޝީދު ޖަލުގައި މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދުގެ މިދިޔަ ހަފުތާގައި މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަންފަށައިފި އެވެ.ނަޝީދުގެ މަރާ ގުޅިގެން އެޗްއާރްސީއެމްގެ މީޑިއާ އޮފިސަރު އަމީރާ އަބޫބަކުރު މިއަދު ވިދާޅުވީ، ނަޝީދުގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.އުމުރުން 43 އަހަރުގެ ނަޝީދު ނިޔާވީ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 15 ވަނަ ދުވަހުއެވެ.ނަޝީދުގެ މަރާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު، އެދުވަހުގެ 17:26 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައެޅި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.މުހައްމަދު ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ބަންދުކޮށްފައި ހުރީ 2020 ވަނަ އަހަރު ތެރޭގައި އިރުއަލިމަސް"ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ