މާލޭގެ ބައެއް ސަރަހައްދުތަކުން ގަޑިއެއްހާ އިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލަތަކެއް ހައްލުކުރުމަށްޓަކައި މިއަދު 3:30 އިން ފެށިގެން ގަޑިއެއްހާ އިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. ސްޓެލްކޯގެ ސީނިއާ އިންޖީނިއަރު އިބްރާހީމް ރައޫފް 'ސަން'އަށް ވިދާޅުވީ، އެކުންފުނީގެ މައި އިންޖީނެއްގެ މަރާމާތުގެ މަސައްކަތް މިއަދު ކުރުމަށްޓަކައި 3:30 އިން ފެށިގެން 4:30އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށެވެ. ކަރަންޓް ކެނޑޭނެ ވަކި ސަރަހައްދެއް ހާމައެއް ނުކުރެއެވެ. މުޅި މާލެއިން ކަރަންޓް ނުކެނޑޭނެ ކަމަށާއި ކަރަންޓު ކެނޑުނަސް ކެނޑޭނީ ވަކިވަކި ސަރަހައްދުތަކުން، ކުޑައިރުކޮޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ