އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އަލް ހިލާލް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެ ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދް މުބާރަތުން ކަޓައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި އަލް ހިލާލް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ސަވިޗް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ރުބެން ނެވޭސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގައި އަލް ހިލާލް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު ސަލީމް އަލް ދައުސާރީ އެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
Advertisement
މެޗުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރިއިރު، ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮއްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮމަރިންހޯ އެވެ.
އަލް ހިލާލް އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ.
ނަތީޖާގެ ފަރަގު ކުޑަކުރުމަށް އަލް އިއްތިހާދަށް ފަހުހާފުގެ 79 ވަނަ މިނެޓުގައި ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ. އަލް ހިލާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން އަލް އިއްތިހާދަށް ލިބުނު ޕެނަލްޓީގައި ކަރީމް ބެންޒީމާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސައުދީގެ އަލް ނަސްރު މާދަމާ ރޭ 20:00 ގައި ނުކުންނާނީ މޮރޮކޯގެ ރާޖާ ކަސަބުލަންކާ އާއި ދެކޮޅަށެވެ.
އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ކުއާޓާ ފައިނަލުން އަލް އިއްތިހާދު ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ