މިއީ ހޫނުގަދަ ދުވަސްވަރެއް؛ ކަރަންޓު އިގްތިސޯދުކުރައްވާ!

މިއީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ ކަރަންޓު އިގްތިސޯދުކުރައްވަން މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ފެބްރުވަރީ، މާރިޗު، އޭޕްރިލް އަދި މެއި، މި ހަތަރު މަހަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމަށް ވުމާއެކު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާއިރު، އެންމެ ގިނައިން ކަރަންޓު ޚަރަދު ހިނގާކަމަށް ބެލެވޭ އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މި ދުވަސްވަރު ކަރަންޓު ޚަރަދުކުޑަކުރުމަށް އިތުރަށް ސަމާލުކަން ދިނުމަކީ ކަރަންޓު ބިލު ކުޑަކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކޮންމެ ހޫނު މޫސުމެއްގައިވެސް ސްޓެލްކޯގެ ކަަރަންޓު ބިލު ބޮޑުވާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ. މި އަހަރުވެސް ހޫނުގަދަ ދުވަސްވަރާއި ރޯދަމަސް ދިމާވާތީ ކަރަންޓު ބިލު އިތުރަށް ބޮޑުވުން އެކަށީގެންވެއެވެ.
ފާއިތުވި 15 އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރުވެެސް ކޮންމެ އަހަރެއްގެ ކުރީކޮޅުގައި ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލަ ތަކުރާރުވަމުން އައިސްފައިވެއެވެ.
އާންމު ރައްޔިތުން މިކަމަށާއި އިގުތިސޯދު ކުރުމާ ގުޅޭގޮތުން ވިސްނައި, ކަރަންޓު އިގުތިސޯދުކޮށްފިނަމަ 15-20 އިންސައްތައަށް ކަރަންޓު ބިލު ކުޑަކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ