ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި!


އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، 2023 އެޕްރީލު 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2019/R-3 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކޮށްފައެވެ.
އެގޮތުން ކެނޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް ޙުސައިން ރިޟާ އާދަމް، ޝީވީޑް، ކ. ގުރައިދޫ އަށެވެ.
ކެނޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒު، ފައިވްރޯސް، ކ. ގުރައިދޫ، އަށެވެ.
އަދި ކެނޑިޑޭޓް ނަންބަރު ތިނެއް ލިބުނީ މޯލްޑިވްސް ނެޝެނަލް ޕާޓީގެ ކެންޑިޑޭޓް ޢަލީ ޢަރީފް، ފިޔާތޮށިގެ، ކ. ގުރައިދޫ، އަށެވެ.
ގުރައިދޫ  ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ އެ ދާއިރާގެ މެންބަރު އަލްއުސްތާޛު އިބުރާހީމް ރިޟާ މިދިޔަ ފެބުރުވަރީ މަހުގެ 23ގައި އަވަހާރަވުމާއި ގުޅިގެންނެވެ. އަވަހާރަވީއިރު، އުސްތާޛު ރިޟާ ގެންދެވީ 3ވަނަ ދައުރަކަށް ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވަުންކަން ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ