އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޒަމާނީ ކޮންސްޓްރަކްޝަން ހައްލުލިބޭ ގޮތަށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފިއެވެ.
މިޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ. އެސްޓީއޯގެ ތާރީހުގައި އެސްޓީއޯއަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޔަތަށްވެސް ގިނަގުނަ ފާހަގަކޮއްލެވޭ ތާރީހީ ކުރިއެރުންތަށް ވަނީ ގެނެސްދެވިފައެވެ.
އެސްޓީއޯ އިން ބުނީ ހުޅުމާލޭ ޝޯރޫމް ވާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށެވެ. އަދި މިއީ އެއްފުރާޅެއްގެ ދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލު ލިބޭނޭ ގޮތަށް ހުޅުވި ޝޯރޫމެއް ކަމަށް ބުންޏެވެ.
މީގެއިތުރުން ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމްގައި ވަނީ ހަމަޖއްސައިފައިވާ ކަމަށާއި މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯވރޫމް އިން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މިހަފުލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކޮށް އެކަމުގެ ޝުކުރު ދަންނަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ