ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30ގައެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެހެންނަމަވެސް، މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ނިންމާލުމަށް ތާވަލުކޮށްފައިވާތީ އާދިއްތަ ދުވަހު މަޖިޅީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމީއެވެ.
މިއަދުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ކޮމެޓީތަކުން ނިންމައި ތަޅުމަށް ފިނުވާފައިވާ ރިޕޯޓުތަކަށް ބަހުސްކުރުމާއި ނިމިފައިވާ މަސައްކަތްތަކަަށް ވޯޓަށް އެހުމެވެ. އެގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމާއި، ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް އޮޅުވާލިކަމަށް ބުނާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ނިންމި ގޮތުގެ ކޮމެޓީ ރިޕޯޯޓަށް ބަހުސްކުރުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މިހާތަނަށް 26 ޖަލްސާއެއް ބާއްވާފައިވާއިރު، ފުރަތަމަ ދައުރުގައި 42 ޖަލްސާ އަދި ދެވަނަ ދައުރުގައި 34 ޖަލްސާ ވަނީ ބާއްވާފައެވެ. ކޮވިޑް-19ގެ ފުރަބަންުގެ ހާލަތުގައިވެސް މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ކުރިއަށް ވަނީ ގެންގޮސްފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މިހިނގާ މަޖިލީހަކީ ވަރަށް މަސައްކަތްތެރި މަޖިލީހެއްގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުންް ފާހަގަކުރެއެވެ. އެގޮތުން ކޮމެޓީގެ މަސައްކަތްތައްވެސް ހަލުވި ސްޕީޑެއްގައި ކުރިިއަށްދާކަންވެސް ރިޔާސަތުން ފާހަގަކުރެެއެވެ.
ތިންވަނަ ދައުރުގެ ފަހު ޖަލްސާއަށްފަހު، މިފަހަރުވެސް ”އާސްކް ސްޕީކަރ“ ޕްރޮގްރާމް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މިއީ މަޖިލީހުގެ މަސައްކަތްތަކާއި ކަންތައްތަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ސުވާލުކުރުމުގެ ފޯރަމެކެވެ. މިފަދަ ފުރަތަމަ ފޯރަމެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހުވެސް ބާއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ