ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނަވާ މައްސަލަައިގައި ޝަކުވާ ހިފައިގެން ހިނގި އެއްވެސް މަގަކުން އަލިކަމެއް ނުފެނުނުކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާއާވެސް ބައްދަލުކޮށް، އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިކަމަށެވެ. ރައީސް ޔާމީންގެ މައްސަލަ ބައްލަވަން އަލީ ރަޝީދަށް އެ ބެންޗުގައި އިނދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެންމެ ފަހުވަގުތުގައި ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ރަޝީދުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް ހަމަޖައްސަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ގާޒީ އަލީ ރަޝީދު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވާފައިވާ ކަމަށާއި، އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުކަމެއް ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ވަކީލުން ވަނީ ޖޭއެސްސީއަަށް ވެސް ހުށަހަޅާފައެވެ. އަދި ކުރިމިނަލް ކޯޓާއި، ސްޕުރީމްކޯޓަށް ވެސް އެ މައްސަލަ ހުށަހެޅިއެވެ. މީގެ އިތުރުން އެމައްސަލައިގައި ކުރިމިނަލް ކޯޓަށް ވަޑައިގެން އަލީ ރަޝީދާއި ބައްދަލު ކުރަން މަސައްކަތް ކުރެއްވި ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އަލީ ރަޝީދުގެ މައްސަލައިގައި ޕީޕީއެމްއާއި، ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް ނަޝީދާ ވެސް ބައްދަލު ކުރި ކަމަށާ، އެމައްސަލަ ޖޭއެސްސީގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، މިހާތަނަށް އައިއިރު ވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ގާޒީ އަލީ ރަޝީދާއިމެދު ކުރި ޝަކުވާއަށް ހައްލެއް ނުލިބުނު: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ