ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރައްވައިފި އެވެ.
ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝުޖޫން ޖޭއެސްސީގެ މެމްބަރުކަމަށް ހަމަޖައްސާފައިވަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ޝުޖޫން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. އެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.
ޝުޖޫންއަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ވަކީލުންގެ ކަންތައް ރެގިއުލޭޓު ކުރުމަށް އުފެއްދި ބާކައުންސިލަށްވެސް ޝުޖޫން ހޮވިވަޑައިގްނެވި އެވެ. އެހެން ނަމަވެސް، އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި އެކު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރި ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝުޖޫން އަކީ ހައިކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު މަދަނީ ބޮޑެތި މައްސަލަތަކެއް ބެއްލެވި ގާޒީއެކެވެ.
ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ޝުޖޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ