އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކައަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި
އަނުރަ ކުމާރަ ޑިސަނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނައި ވަގުތީ ނަތީޖާ ހާމަކުރި އިރު، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އުމުރުފުޅުން 55 އަހަރުގެ އަނުރަ ކުމާރަ ޑިސަނަޔަކަ އެވެ.
އަނުރަ ކުމާރަ ޑިސަނަޔަކަ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދިސާނަޔަކަ ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް ވަނީ ތަހުނިޔާ ވިދާޅުވިއެވެ. އަދި ލަންކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
Heartfelt congratulations to President-elect Anura Kumara Dissanayake (@anuradisanayake) on your remarkable election victory today. As close neighbours, I am eager to work with you to further strengthen the historic friendship between the Maldives and Sri Lanka. Wishing you…
އަނުރަ ކުމާރަ ޑިސަނަޔަކައާ އެންމެ ގާތުން ދެވަނައަށް ވާދަކުރައްވާ، ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަގެ ލީޑަރު، އުމުރުފުޅުން 57 އަހަރުގެ ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންފައިވަނީ 26 އިންސައްތަ ވޯޓެވެ.
16 އިންސައްތަ ވޯޓާއެކު ތިންވަނަގައި އުޅުއްވަނީ ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. އަދި ހަތަރު ވަނައިގައި އުޅުއްވާ ސްރީލަންކާގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ ޒުވާން ލީޑަރު، އުމުރުފުޅުން 38 އަހަރުގެ ނަމަލް ރާޖަޕަކްސައަށް ލިބިވަޑައިގެންފައިވަނީ އެންމެ 3 އިންސައްތަ ވޯޓެވެ.
މި 4 ބޭފުޅުން ހިމެނިވަޑައި ގަންނަވާގޮތުން ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 39 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ