ރާއްޖޭގައިވެސް ފަޤީރުން ނެތެކޭ ނުބުނަމެވެ. ނަމަވެސް ރާއްޖެއަކީ ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް ދުނިޔޭގެ ފެންވަރުގެ ފަޤީރުން ވަރަށް މަދު ޤައުމެކެވެ. އަދި މުދަލުޒަކާތް ދެއްކުން ޙައްޤުވާ ގިނަ ބައަކު ތިބި ޤައުމެކެވެ. އަޅުގަނޑު ދަންނަވާނީ މުދަލުޒަކާތް ދެއްކުން ޙައްޤުވާ އެންމެން ޒަކާތް ދައްކާނަމަ، އަދި ޒަކާތް އެއިގެ ޙައްޤުވެރިންނަށް ބެހޭނަމަ ދަތިޙާލުގައި ރާއްޖޭގައި އުޅެންޖެހޭނެ މީހުން ވަރަށް މަދުވާނެ ކަމަށެވެ. ގާތީ ނުވެސް ތިބުން ކަމަށެވެ.
ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢްރީފް ކުރަމެވެ. އެހެންކަމާއިއެކުވެސް ދަންނަވާލަން އޮތީ ޒަކާތް ނެގުމަކީ ސަލާމްޖަހައި އާދޭސްކޮށްގެން ކުރަން އޮތް ކަމެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ. ހަމައެއާއިއެކު ޤައުމުގެ އިޤްޠިޞޯދު ރަނގަޅުވާނީވެސް މާތްﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާވަރަކުންނެވެ. ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ.
މިބާވަތުގެ އެއްވެސް ވާހަކައެއް ނޫސްތަކަކުން ނުފެނެއެވެ. އެހެންވެ އަޅުގަނޑުގެ ވިސްނުން ހިއްޞާކޮށްލީއެވެ.
މިބަސްކޮޅު ޙިއްޞާކޮށްލެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަ މައްސަލައިގައިވެސް މިއަދުޏޫހުގައި ވަރަށް ގިނައިން ވާނީ ލިޔެވިފައެވެ. ތިރީގައި އެވަނީވެސް އެފަދަ ލިޔުމެކެވެ.
"މީރާ" އަކީވެސް ދައުލަތުގެ މުއައްސަސާއެކެވެ. ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކަންޖެހެނީ އެތަނަށެވެ. ނުދައްކައިފިނަމަ ޖުރުމަނާކުރެއެވެ. އިތުރު ފިޔަވަޅުތައްވެސް އަޅައެވެ. ސުވާލަކީ ދައުލަތަށް މުހިންމީ މަޖިލީހުންފާސްކުރާ ޓެކްސްތައް އަތުލުންތޯއެވެ؟ ނޫނީ ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ މުދަލުޒަކާތް ދިނުން ޙައްޤުވާ މީހުންގެ އަތުން އަތުލުންތޯއެވެ؟ މުދަލު ޒަކާތް އަތުލެވޭނެ ގޮތަކަށް ޤާނޫނު ފާސްނުކުރަނީ ކީއްވެގެންތޯއެވެ؟
ހަމައެފަދައިން ކުރަންޖެހޭ ސުވާލަކީ ކުރާ ވިޔަފާރިއަށް ސަރުކާރުން ހުރަސްއަޅައިފާނެކަމަށް ޓެކްސް ދއްކާއިރު މުދަލުޒަކާތް ނުދައްކަނީ ﷲ ތަޢަލާގެ ޢަޛާބަށް ބިރުނުގަންނާތީތޯއެވެ؟
عَنْ ابْنِ عُمَرَ رضي الله عنهما، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلٰهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ.
فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ تَعَالَى».
[رَوَاهُ الْبُخَارِيُّ وَمُسْلِمٌ]
މާނައީ: އިބްނު ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމުކޮށް އަދި (މުދަލު) ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ.
ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ تعالى އަށެވެ."
- ޙަގީޘް އާ މާނަ: ދިސަލަފިއްޔާ
އިޤްޠިޞޯދު ކުރިއަރާނީ ޓެކްސް ނެގުމަށްވުރެ މުދަލުޒަކާތް ނަގަން ސަމާލުކަންދީގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ