ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
އަދި މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހަކީ ކަރަންޓް ބޭނުންކުރާ މިންވަރު އެތައް ގުނައެއް އިތުރުވާ މަހެކެވެ. އެހެންކަމުން އެކަމާމެދު ސަމާލުވެ ކަރަންޓް ޚަރަދު ކުޑަކުރުމަށް ސްޓެލްކޯއިން އިރުޝާދު ދެއެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ