ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެެލެންޖު 2026 ގައި ރޭ ކުޅުނު މެޗުތަކުން ލ. އިސްދޫން ފަހަތުން އަރައި 3-1 އިން ލ. ގަން ބަލިކުރިއިރު، އދ. އަތޮޅު ބުރުގައި ކުޅުނު މެޗުތަކުން މަންދޫ އާއި ދަގެނތިން ރަނގަޅު މޮޅަކުން މުބާރާތް ފަށައިފި އެވެ.
ލ. އަތޮޅުގެ ގްރޫޕް އޭގައި ގަމުން ލީޑުނެގީ އަލީ ޝާމިސް (ތޮއްޕެ) ގެ ގޯލުންނެވެ. އިސްދޫ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، އަލީ ހުމޭޒް ޖެހި ގޯލުންނެވެ. މެޗުގެ ފަހު ކޮޅުގައި، އިސްދޫން މޮޅުވި ދެ ގޯލު ޖެހިއިރު، އެ ޓީމުގެ މި ލަނޑުތައް ޖެހީ، އަލީ މީސާގު އީސާ (މީއްޓެ) އާއި ހުސައިން އަފްހާން އެވެ.
މުބާރާތުގައި މުޅިން އަލަށް ފެންނަ ފޮނަދޫ އިން ރޭ ކުޅުނު މެޗުގައި ދަނބިދޫ އަތުން 7-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ. މި މެޗުގައި ދަނބިދޫގެ އަހުމަދު ރުވާއު (ކޮއްކޮ) ތިން ގޯލު ޖަހައި، ހެޓްރިކެއް ހެދި އެވެ. އަނެއް ލަނޑުތައް ޖެހީ، މުހައްމަދު މަފާޒު އާއި އަލީ އިރުފާދު (އިރުއްޕެ) އަދި މޫސާ ހާނިމްގެ އިތުރުން ފޮނަދޫގެ އަހުމަދު އަސީލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި، ފޮނަދޫގެ ދެ ލަނޑު ވެސް ޖެހީ އަހުމަދު އަމަން އަލީ އާއި އަހުމަދު އަލްތޯފް އަޒީމް އެވެ.
ރޭގެ މެޗުގައި ދަނބިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ލ. އަތޮޅު ގްރޫޕް ބީގައި ރޭ ކަލައިދޫން މާވަށް އަތުން ބަލިވީ، މުހައްމަދު ފާރިސް ހަސަން ޖެހި ހަމައެކަނި ގޯލުން 1-0 އިންނެވެ.
މި ގްރޫޕްގައި، ކުނަހަންދޫން ވަނީ މުންޑޫގެ މައްޗަށް 3-1 އިން ކުރިހޯދައިފަ އެވެ. ފަސް ރަތް ކާޑު ފެނިގެންދިޔަ މި މެޗުގައި، ކުނަހަންދޫގެ ސަހީމް އަބްދުލް ގާދިރު ދެ ލަނޑު ޖެހި އެވެ. އެ ޓީމުން ދެން ލަނޑު ޖެހީ އަހުމަދު އަހްނަފް އެވެ. މެޗުގައި، މުންޑޫގެ ލަނޑު ޖެހީ އިބްރާހީމް ނަޒީލް އެވެ.
ރޭ އދ. އަތޮޅުގައި މަހިބަދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް މާމިގިލި ހާޒިރެއް ނުވެ އެވެ. އެހެންވެ، އެ މެޗު މަހިބަދޫ އަށް ލިބުނުއިރު، މެޗު ގެއްލުމުގެ އިތުރުން މާމިގިއްޔަަށް ޖޫރިމަނާއެއް އަންނާނެ އެވެ. މި ދެ ޓީމު ހިމެނޭ ގްރޫޕްގައި ރޭ ކުޅުނު މެޗުން، ދަގެނތިން ވަނީ 6-4 އިން ފެންފުށި ބަލިކޮށްފަ އެވެ. ދަނގެތީގެ ގޯލްތައް ޖެހީ އަހުމަދު ސުދައިސް އަލީ އާއި މުހައްމަދު ނާއިމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިހްސާން މަންސޫރު އެވެ. މި މެޗުގައި، ފެންފުށީގެ ގޯލްތައް މެޗުގައި ޖެހީ މުހައްމަދު އަލީ ދެ ގޯލާއި އަހުމަދު އާމިރު އަދި މުހައްމަދު ޝަމްވީލް އެވެ.
މަންދޫ އާއި ކުނބުރުދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
އދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މަންދޫން ވަނީ 3-1 އިން ކުނބުރުދޫ ބަލިކޮށްފަ އެވެ. މަންދޫގެ އާދަމް ޝިޔާން މުހައްމަދު (ޝިޔާންޓެ) ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ޖުމާން އެވެ. ކުނބުރުދޫގެ ހަމައެކަނި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ.
މި ގްރޫޕްގައި ރޭ އޮމަދޫ އާއި ހަންޏާމީދޫ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ހއ. ހޯރަފުށި - ހއ. ކެލާ
16:00 - ހއ. ތުރާކުނު - ހއ. ފިއްލަދޫ
17:00 - ހއ. އުތީމު - ހއ. ވަށަފަރު
17:00 - ހއ. މުރައިދޫ - ހއ. ދިއްދޫ
--------------------------------------------
20:00 - ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ
20:00 - ހދ. ކުމުންދޫ - ހދ. ނެއްލައިދޫ
21:00 - ހދ. ހަނިމާދޫ - ހދ. ނޮޅިވަރަންފަރު
21:00 - ހދ. ވައިކަރަދޫ - ހދ. ފިނޭ
22:00 - ތ. އޮމަދޫ - ތ. ހިރިލަންދޫ
22:00 - ތ. ތިމަރަފުށި - ތ. ވަންދޫ
23:00 - ތ. ވިލުފުށި - ތ. ބުރުނި
23:00 - ތ. ކިނބިދޫ - ތ. ގާދިއްފުށި
އިސްދޫން ގަން ބަލިކުރިއިރު، ދަނގެއްޗާއި މަންދޫ އަށް ރަނގަޅު ފެށުމެއް އިސްދޫން ގަން ބަލިކުރިއިރު، ދަނގެއްޗާއި މަންދޫ އަށް ރަނގަޅު ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ