ކުޅުދުއްފުށި ސިޓީގެ ސަރުކާރުގެ އައިނު ފިހާރަ މާދަމާ ހުޅުވަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އަތޮޅުތެރޭގައި ހުޅުވާ ދެވަނަ އައިނު ފިހާރަ މާދަމާ ހުޅުވާން ނިންމައިފި އެވެ. 
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބުނީ ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި އައިނު ފިހާރަ މާދަމާ ހުޅުވާން ނިންމާފައިވާ ކަމަށެވެ. އައިނު ފިހާރަ ހުޅުވައިދެއްވާނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެމްސީޖީއެޗުން އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ އައްޑޫ ސިޓީގަ އެވެ. 
އައިނު ހެއްދުމަކީ މާލީ ގޮތުން އޮތް ބޮޑު ބުރައަކަށްވުމުން އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ސަރުކާރުގެ އައިނު ފިހާރަތަކެއް ހުޅުވަން ނިންމާފަ އެވެ. އެގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މާލެއާ ހުޅުމާލޭގައި އައިނު ފިހާރަ ހުޅުވި އެވެ. އަދި އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކާއި ރަށްތަކުގައި ވެސް އައިނު ފިހާރަ ހަދަން ނިންމި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި އައިނު ފިހާރައަށް ބޮޑު ޑިމާންޑެއް އެބަ އޮތެވެ. އެ ގޮތުން މިހާތަނަށް 13,000 ވުރެ ގިނަ މީހުންނަށް ވަނީ ހިދުމަތް ދީފަ އެވެ. އަދި އެ އަދަދާއި ގާތް ކުރާ މިންވަރަކަށް ވަނީ އައިނު ވެސް ހައްދައިދީ ހަވާލުކޮށްފަ އެވެ.
ސަރުކާރުގެ އައިނު ފިހާރައިން އެއްވެސް އަގެއްްނެތި އައިނު ހައްދައި ދެ އެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ފަސޭހައެއް ގެނުވި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ