ޔަހޫދީ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި މާބަނޑު އަންހެން މީހާ އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ ކަމަށް ފަލަސްތީނުގެ އަލް-އަގްސާ ހޮސްޕިޓަލުން ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ޣައްޒާގެ މެދުތެރޭގެ، ނުސެއިރާތުގެ އާބަން ރެފިއުޖީ ކޭމްޕަށް ދިން އެ ހަމަލާގައި ހަތަރު މީހަކު ޝަހީދުކޮށްލި އެވެ. އެއީ މާބަނޑު އަންހެންމީހާ އާއި އޭނާގެ ފިރިމީހާ އަދި އެ މީހުންގެ 10 އަހަރުގެ ދަރިފުޅެވެ. ދެން ހިމެނެނީ އެ އާއިލާގެ 15 އަހަރުގެ އަވަށްޓެރިއެކެވެ.
”އަޅުގަނޑުމެން ނިދާފައި ތިއްބާ މިސައިލެއްގެ ހަމަލާގެ އަޑަށް ތެދުވީ. ހަމަލާ ވަރަށް ވަރުގަދަ. ކުރިން އިންޒާރެއްވެސް ނުދޭ“ ހަމަލާ ދިން ސަރަހައްދުގައި އުޅޭ މީހަކު ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ އަޒް ޒަވޭދާގައި މަޑުކޮށްގެން އޮތް ފުލުހުންގެ ވެހިކަލަކަށްވެސް ބޮން އަޅައިފަ އެވެ. އެ ހަމަލާގައި ނުވަ ފުލުހަކު ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި މެދުތެރޭ ޣައްޒާގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ކާނަލް އިޔާދު އަބް ޔޫސުފް ވެސް ހިމެނޭ ކަމަށް ފަލަސްތީންގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ޝަހީދުކޮށްލި ފަލަސްތީނުގެ އަންހެނަކު އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ