ގދ.ތިނަދޫ ސިޓީގެ އިސް ހިދުމަތްތެރިޔާ އަލީ ޒާހިރު ނިޔާވެއްޖެ

ގދ.ތިނަދޫ ސިޓީގެ އިސް ހިދުމަތްތެރިޔާ އެރަށު ރޯޒަރީ އަލީ ޒާހިރު ނިޔާވެއްޖެއެވެ.
އަލީ ޒާހިރު ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުއެވެ.
އަލީ ޒާހިރަކީ ޒުވާން ދުވަސްވަރުން ފެށިގެން އެރަށު ރައްޔިތުން ވަރަށް އިހްތިރާމްކުރާ ގަދަރުވެރި، ރައްޔިތުންގެ ބަސްވިކޭ ބޭފުޅެކެވެ. އަދި އަލީ ޒާހިރަކީ، ރަށުގައި ކުރެވުނު އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަންކަން ކުރެއްވުމަށް ތަފާތު އެކިއެކި ގޮތްގޮތުން ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވަމުން އައި އެންމެންގެ އެކުވެރި ބޭފުޅެކެވެ.
އަލީ ޒާހިރުގެ އާއިލާއަކީ ވިޔަފާރީގައިވެސް ފާހަގަކޮށްލެވޭ އާއިލާއެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ހިދުމަތްތެރިޔާ މިސްރާބު މުހައްމަދު ޒާހިރެވެ. އޭނާއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓް ސްވޭނިއާރ ވިޔަފާރީގައި ފާހަގަކޮށްލެވުނު އެއް ބޭފުޅެވެ. 
އަލީ ޒާހިރުގެ މޫނު ދެއްކުން މިއަދު 13:00 އިން ފެށިގެން މާލޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ