މީސަލްސްއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ބައްޔަށް އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ވަނީ އެ ބައްޔަށް ދެ މީހުން ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 
އެނގިފައިވާ ގޮތުގައި، އޭގެފަހުން އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެެ. އެއާއެކު، ހިމަބިއްސަށް މިއަހަރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަކަށް ވަނީ އަރައިފަ އެވެ. އެކަމަކު، އެކަމާ ގުޅޭގޮތުން އެޗްޕީއޭގެ ބަހެއް ނުލިބެ އެވެ.
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ކެއްސުން
- ނޭފަތުން އަރިދަފުސް ފޭބުން
- ލޯ ރަތްވުން
އެ ބަލިން ރައްކާތެރިވާން ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ނުވަ މަހުގައި އަދި ދެވަނަ ޑޯޒު ޖަހަން ޖެހެނީ ކުއްޖާއަށް ދޮޅު އަހަރުގަ އެވެ.
The most trusted news source in the Maldives
ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ. 
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ. 
ބަންގްލަދޭޝްގައި މިދިޔަ މާޗު މަހުން ފެށިގެން މިމަހުގެ ނިޔަލަށް 7،929 މީހުންނަށް ވަނީ އެ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާގައި ވެސް ހިމަބިހި ޖެހިގެން މި ދުވަސްވަރު ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. 
ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2023 ގެ ތެރޭގައި ވެސް އެ ބައްޔަށް ބަޔަކު ޕޮޒިިޓިވްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ