ފިލިޕީންސްގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި ބަޔަކު މަރުވެއްޖެ

ފިލިޕީންސްގެ ދެކުނު ބިތުގެ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި ބަޔަކު މަރުވެއްޖެ އެވެ.ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ސުނާމީގެ އިންޒާރާ އެކު ބުނީ ކަނޑުގެ ބިމު އަޑިން މި ބިންހެލުން އުފެދިފައިވަނީ ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރުން 35 ކިލޯމީޓަރު (22 މޭލު) ފުނުން ކަމަށެވެ.ބިންހެލުން އައީ ފިލިޕިންސް މިއަދު ގަޑިން ހެނދުނު 7:40 އެހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން ނަމަ ފަތިހު 4:40 އެވެ.ފިލިޕީންސްގެ ބިންހެލުމާއި ސުނާމީއާ ބެހޭ އިދާރާއިން (ފައިވޮލްކްސް) ބުނީ، ބިންހެލުމަށްފަހު އައި ލޮޅުންތަކުގެ އަސަރު އެއް ގަޑިއިރަށް ދެމިގެންދިޔަ ކަމުގައެވެ. އަދި ލިބުނު ގެއްލުމުގައި ތިން މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވިކަމަށް ފިލިޕީންސް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.ކަނޑަށް ކުދިކުދި ބަދަލުތައް ޓައިވާން، ޖަޕާން، ގުއާމް، ޕަޕުއާ ނިއު ގިނީ އަދި ހުޅަނގު ޕެސިފިކްގެ ބައެއް ޖަޒީރާ ގައުމުތަކާއި ސަރަހައްދުތަކަށް އަތުވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.ސުނާމީގެ އިންޒާރު އައިސްފައިވާ ގައުމުތަކުގެ އައްސޭރި ފަށުގެ ސަަރަހައްދުތަކުގައި މިހާރު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ