އިމިގްރޭޝަން ޔުނީފޯމާއި އެއްވަތަރު ހެދުމެއްގައި ތިބެ ބަޔަކު ވީޑިއޯ ކޯލްކޮށް ސްކޭމްކުރާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ބަޔަކު އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައި ކަމަށެވެ.
ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައި، އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވައި ފައެވެ. އޮންލައިން އަދި އެހެނިހެން ގޮތްގޮތުންވެސް ހިންގާ ސްކޭމް ތަކަށް ސަމާލުވުމަށް ފުލުހުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުން ނެވެ.
އިމިގްރޭޝަނުގެ ނަމުގައި ގުޅައިގެން ސްކޭމްކޮށް، ބޭންކު މައުލޫމާތު ހޯދާ މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ