ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ ލީޑަރުގެ މަޤާމަށް އެޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އިންތިހާބު ކޮށްފިއެވެ.
ހަމައެކަނި ގާސިމް ކުރިމަތިލެއްވި މަޤާމަށް ގާސިމް އިންތިހާބު ކޮށްފައިވަނީ މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓަކުންނެވެ.
ގާސިމް ޖޭޕީގެ ލީޑަރުކަމަށް ވަޑައިގެންނެވީ ކައުންސިލްގެ އިއްތިފާގުންނެވެ. އެއީ 61 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ގާސިމް ޖަލު ހުކުމެއްގައި ކުރިން ހުންނެވި އިރު މި އަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކޮށްފައެއް ނުވެއެވެ. އަދި ކޮންގްރެސްއަށް ފަހު އެމަޤާމު އޮތީ ހުސްކޮންނެވެ.
ރިޝްވަތުގެ ކުށުގައި ގާސިމަށް ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި އެކު ޖޭޕީގެ ލީޑަރުކަމަށް ކުރިމަތި ލުމަށް އެޕާޓީންވަނީ ހުޅުވާލާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ