އެމްސީ ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާ އިން ވަކިކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށައިފިއެވެ. މިއަދު ސުޕްރީމް ކޯޓުގައި ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ. ފުލުހުންގެ ސިއްރު ލިޔުންތަކެއް ލީކު ކޮށްލި ކަމަށް ބުނެ އެމްސީ ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ވަޒީފާ އިން ވަކިކުރި މައްސަލަ އެމްސީ ހަމީދު ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ހުކުމް ކުރީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ. އެހެންކަމުން އޭނާ ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ