ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، އެމައްސަލަ ބަލާނީ ސުޕްރީމް ކޯޓުން ކަމަށް ނިންމާފަ އެވެ.
ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ އާއްއމު މެމްބަރެއް ކަމަށްވާ ލ. ގަމު އަލީ އަހްމަދެވެ. އަލީ އަހްމަދުގެ ޤާނޫނީ ވަކީލް ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށާއި މައްސަލަ ތާވަލް ކޮށްފައި ވަނީ 8:15 އަށް ކަމަށެވެ.
އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކި ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫން އަކީ ޕީޕީއެމްގެ ރައީސް ކަަމަށް ކަނޑައަޅައިދިނުމަށެވެ.
ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު މައްސަލަ ނިމޭނީ މިހާރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކަމަށް ގަބޫލުކޮށް މިހާތަނަށް ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބޭފުޅުން ގެންދަވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޕީޕީއެމް މައްސަލައިގެ ޝަރީޢަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ