ފިލްމީތަރި އަދި ފިލްމު ޕްެރޮޑިޔުސަރ އަބްދުﷲ މުއާޒް (މުއާ) 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
މިއަދު ފޭސްބުކް މެދުވެރިކުރައްވާ މުއާ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިިލިސް އިންތިހާބުގައި ވެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައި ދިނުމުގެ ގޮތުން ވެލިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި މުހިންމީ މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުން ކަމަށާއި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގޮނޑި ދިނުން ނޫން ކަމުގައިވެސް މުއާ ވަނީ ބުނެފައެވެ.
ފިލްމީ ތަރި މުއާ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެލިދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު ވެލިދޫ ދާއިރާ މިހާރު ތަމްސީލު ކުރައްވަމުން އަންނަނީ ވެރިކަން ކުރާ ޕީޕީއެމްގެ އަބްދުﷲ ޔާމީންއެވެ
މުއާ ވަނީ މީގެކުރިން ފިލްމީ ދާއިރާ ގުޅުންހުރި ބައެއް އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމާއި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަންކަން މުއާ ވަނީ އަދާކޮށްފައެވެ.
ވެލިދޫ ދާއިރާގެ ގޮނޑި އަށް މުއާ ކުރިމަތިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ