ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާގެ ބައި އިލެކްޝަން ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ދާއިރާތަކުގެ ބައި އިލެކްޝަން ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ އެ ކޮމިޝަނުން ކުރި ޓުވީޓަކުންނެވެ.
މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާއަކީ ހިންނަވަރު ދާއިރާއާއި، ކާށިދޫ ދާއިރާއާއި، މައްޗަންގޮޅީ އުތުރު ދާއިރާއާއި، ހެންވޭރު އުތުރު ދާއިރާއާއި، ގަލޮޅު ދެކުނު ދާއިރާ އަދި ގަމު ދާއިރާއެވެ.
އޭގެ ތެރެއިން ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކުރައްވާ ފައިސަލް ނަސީމެވެ.
މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު މާރިޔާ އަހްމަދު ދީދީ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރުކަމުގެ މަގާމާއެވެ. ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމާއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަހްމަދު މަހުލޫފު ޔޫތު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ގަމު ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ފައްޔާޒް ހަވާލުވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމާއެވެ.
މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާގެ ބައި އިލެކްޝަން ނުބާއްވާ ގޮތަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ