"މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާ ބާއްވައިފިއެވެ.
މިރޭ ދަރުވާރުގޭގައި ބޭއްވި "މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މި ހަފްލާގައި ސަރުކާރުގެ އިސްފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްފަރާތްތަކުގެ އިތުރުން ލިވަބޯޑު އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގެ މިއަހަރު 27 ކެޓަގަރީއަކަށް އެވޯޑު ދީފައިވެއެވެ.
"މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގެ އެވޯޑް ކާމިޔާބު ކުރެއްވި ފަރާތްތައް:
ލިވްއަބޯޑް އޮޕަރޭޓަރ އޮފް ދަ ޔިއަރ - ވޮއޭޖަސް މޯލްޑިވްސްލިވްއަބޯޑް ބްރޭންޑް އޮފް ދަ ޔިއަރ - ކާރޕް ޑިއެމް މޯލްޑިވްސްބަންކަރިންގ އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ ޔިއަރ - ދަ ހޯވްކްސް ޕްރައިވެޓް ލިމިޓެޑްބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޓް - ލިއޯ ސަފާރިބެސްޓް ސާރފް ސަފާރި - ހޮރައިޒަން 2މޯސްޓް ޕްރިފާޑް މެރިން އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ އިޔަރ - ޑީ ބްލޫ މެރިންމޯސްޓް ޕްރިފާޑް މެރިން ޕެއިންޓް އޮފް ދަ އިޔަރ - އިންޓަރނޭޝަނަލް މެރިން ޕެއިންޓް، ސީގަލް މެރިންމޯސްޓް ޕްރިފާޑް މެރިން އިންޖީން އޮފް ދަ އިޔަރ (އައުޓް ބޯޑް) - ޔަމަހާ، އެލިއާ އިންވެސްޓްމަންޓްބެސްޓް ޑައިވް ސަފާރި - ސަޗިކާބެސްޓް ފިޝިންގ ސަފާރި - ޑޮލްފިން 1، ބްލޫ ކޭ ސަފާރި މޯލްޑިވްސްބެސްޓް ކްރޫ ޓީމް - މާރސެލިއާ ސްޓަރކެޕްޓަން އޮފް ދަ އިޔަރ - ކެޕްޓަން މުހައްމަދު ނަސީރު ހޮރައިޒަން 3ބެސްޓް ބޯޓް ޑިޒައިން - ސްކޫބަރ ސްޕާ ޔަންގބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 5-26 ފޫޓް - ކޮންކޮއުއެރޯ، ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަންބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 27 - 40 ފޫޓް - އޭއެސް ކޯސްޓް ކްރާފްޓް 37، އަލްޝާލީ މެރިންބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 26 - 40 މީޓަރ - ޑައިވް ކްރާފްޓް ކްރޫޒަރ 53، މެކް ބޯޓްޔަރޑްމެރިން އިންޖީނިއަރިންގ ސާވިސް ޕްރޮވައިޑަރ އޮފް ދަ އިޔަރ - ވީ އޭ އެމް އެންޑް ކޯޑޮކްޔާޑް ސިލްޕްވޭ އޮފް ދަ އިޔަރ - އަލް ޝާލީ މެރިން މޯލްޑިވްސްބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޑަރ - ވޯޓަރ ލައިން މޯލްޑިވްސްލިވްއަބޯޑް ޓްރެވަލް އެޖެންޓް ޓުއަރ އޮޕަރޭޓަރ އޮފް ދަ އިޔަރ - މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސްމޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔަރ (މެއިން އިންޖީން) - ޔަންމާމޯސްޓް ޕްރިފާޑް މެރިން ޖަނަރޭޓަރ ބްރޭންޑް އޮފް ދަ އިޔަރ - ސޯލް ޑީސަލްމޯސްޓް ޕްރިފާޑް އިންޝުއަރެންސް ޕްރޮވައިޑަރ - އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފަ ދަ މޯލްޑިވްސްޑައިވް ގައިޑް އޮފް ދަ އިޔަރ - ފަތުހުﷲ އަހުމަދު، ޑިއުން މޯލްޑިވްސްސާފް ގައިޑް އޮފް ދަ އިޔަރ - އަހްމަދު މައުރޫފް، ދަ ޕާފެކްޓް ޓްރެވަލް ގްރޫޕްސްޕެޝަލް އެވޯޑް ފޯ މެރިން އިންޑަސްޓްރީ އޮފަ ދަ އިޔަރ - މޯލްޑިވް މެރިން އެކްސްޕޯ ބޯޓިން ޕާސަނަލިޓީ އޮފް ދަ އިޔަރ - އިސްމާއިލް ހަމީދު
މި ރަސްމިއްޔާތުގައި ވަނީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ބަދަލުކޮށް ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ފަށައިފައެވެ. އެގޮތުން ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން " ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް " އަށް ވަނީ ބަދަލުކޮށްފައެވެ.
"ވަން އޮންލައިން" އަކީ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާރޓްނަރެވެ.
"މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާ ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ