ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެއްވި ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ވިދާޅުވެ ވާހަކަދެއްކުނީ ޖަޒުބާތުގައި ޖެހިވަޑައިގެންނެވުމުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެމްބަރު މުހައްމަދު އިސްމާއިލް ފައިސާ ގޯނީހެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާގެ މައްސަލަ މަޖިލީހުގެ ފަރާތުން ތަހުގީގު ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ގަރާރުގެ ބަހުސް މަރުހަލާގައެވެ.
އެ ވާހަކަތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅިއިރު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ފައިސާނީ ގޯނި ވާހަކައަކީ ސިޔާސީ ގޮތުން ފޯރި އައި ޖަޒުބާތުގައި ދެއްކި ވާހަކައެއް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެފައިވާ ކަމަށެވެ.
"މަޖިލިސް މެމްބަރުންނަށް އެއްވެސް ފައިސާއެއް ހަވާލުކުރުމަށް މީހަކު އޭނާއަށް ހަވާލުނުކުރާ ކަމަށް ވަނީ ބުނެފައި" އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ލިބިފައިވާކަން އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން މެމްބަރު އިސްމާއިލްގެ ބޭންކް އެކައުންޓްތައް ބެލި ބެލުމުން ވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް އޭނާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށްވެސް އޭސީސީން ބުނެއެވެ.
ފައިސާ ގޯނީގެ ވާހަކަ ދެއްކުނީ ޖަޒުބާތުގައި ޖެހިގެން: މެމްބަރު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ