ގާޒީ ނިހާން މިނިވަން ވެއްޖެ

ގާޒީ އަހްމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އިއްވި ހުކުމް ހައިކޯޓުން ބާތިލްކުރުމުން އޭނާ މިނިވަން ވެއްޖެއެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނެ ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެ މައްސަލަ ހައިކޯޓުގައި ގާޒީ ނިހާންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އެ ކޯޓުން މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ވިދާޅުވީ ނިހާނުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ އުސޫލަތަކާއި ހިލާފަށް ކޮށްފައިވާ ހުކުމަކަށް ވާތީ އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ