އައިޔޫއެމްގެ ޓެސްޓު ޕޭޕަރުތައް ހުރި ލެޕްޓޮޕްތައް ހޯދާ ބަޔަކު ހައްޔަރުކޮށްފި

މިދިޔަ ހޯމަ ދުވަހު އިސްލާމިކް ޔުނިވާސިޓީގެ ޓެސްޓު ޕޭޕަރުތައް ހުރި ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އައިޔޫއެމްގެ ހަތަރު ވަނަ ފަނގިފިލާގައި ހުރި ލެޕްޓޮޕްތަކެއް ވަގަށް ގެންގޮސްފައިވާ މައްސަލަ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ހޯދާފައިވާ ކަމަށެވެ.
އައިޔޫއެމްގެ ބައެއް ލެކްޗަރާއިން މީޑިއާތަކަށް މައުލޫމާތު ދޭގޮތުގައި ވަގަށް ނެގި އެ ލެޕްޓޮޕްތަކުގައި އައިޔޫއެމްގެ އިމްތިހާނު ޕޭޕަރުތައް ވެސް ހުއްޓެވެ.
އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އަށް މީހުންގެ ތެރޭގައި ތިން ދިވެހި ފިރިހެނުންނާއި ފަސް ބިދޭސީއަކު ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ފުލުހުން ބުނީ، އެމައްސަލާގައި ހައްޔަރުކުރި ފަސް ބިދޭސީންނަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ފަސް މީހުން ކަމުން އެމީހުން މިހާރު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ