މަސީހު އާއި ދެކޮޅަށް ވޯޓެއް ނުދޭނަން - މެމްބަރު އަބްދުﷲ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަގެ ނެތް ކަމުގެ މައްސަލާގައި މަސީހު އާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރައްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިހެން ވިދާޅުވީ މަސީހުއަށް ވޯޓު ދޭން އުނދަގޫ ކަމަށާއި ދެ އަހަރާ ބައި ތެރޭގައި އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ އޯޑިއޯއެއް ސޯޝަލް މީޑިޔާގައި ދަރުވަމުވަމުންދާތީއެވެ.
"އެ އޯޑިއޯގައި އަޅުގަނޑުގެ އަޑެއް ނީވޭނެ، އަދި އެއްވެސް ހާލެއްގައި އަޅުގަނޑު އެހެން ބުނެފައެއް ވެސް ނުވާނެ، އަޅުގަނޑުގެ މަސީހު އާ ދެކޮޅަށް ވޯޓެއް ނުދޭނަން،" އަބުޅޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހު އާއި ދެކޮޅަށް ވައްދާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކީ އަމިއްލަ ބޭނުމަށް ވައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން މި ރާއްޖޭގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސީހު އާއި އެއްކޮޅަށް ވޯޓު ދޭން ޖެހޭނެ، މަސީހު ނޫން އެހެން ބޭފުޅަކަށް އެ މަގާމެއް ނުފުރުއްވޭނެ،" އަބުޅޯ ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އިސްކޮށް ހުންނަވައިގެން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު މި މައްސަލަ މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ