ކަރަންޓް ޖެހި މަސްވެރިކަމުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ގއ. ގެމަނަފުށީގައި މަސްވެރިކަމުގައި އުޅުނު ބިދޭސީ އަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވީއެފްޕީ އާވާހަކަ ދައްކަމުން ވިދާޅުވިގޮތުގައި މަރުވެގެން ރިޕޯޓުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އަދި އެމީހާ މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6 ޖަހާއިރުކަމަށާއި މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ވީއެފްޕީއަށް އެނގިފައިވާގޮތުގައި އެމީހާ މަރުވެފައިވަނީ ފަތިހުގެ ވަގުތު އެންދަމަން ދިއްލާފައި ހުރި ލައިޓްގައި ހިފަހައްޓައިގެން ހުއްޓާއެވެ. އަދި ވަގުތުން އެމީހާ ވަނީ ގެމަނަފުށީ ހޮސްޕިޓަލަށް ގެސްގޮސްފައެވެ. ނަމަވެސް އެނގިފައިވާގޮތުގައި އެމީހާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
އެހާދިސާގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާކަމަށާއި އެމައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ