ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރު ފިޔަވާ އެހެން ހުރިހާ މެމްބަރުން ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރު ފިޔަވާ އެހެން ހުރިހާ މެމްބަރުން ހުވާކުރައްވައިފިއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.
އިބްރާހިމް ރިޒާއަށް ވަޑައި ނުގަނެވުނީ، އުމްރާގައި އުޅުއްވާތީއެވެ.
އޭނާ ފަހުން ހުވާ ކުރައްވާނެއެވެ.
މިރޭ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
މިރޭ ހުވާ ކުރެއްވީ 86 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ