ނޮވެމްބަރު ތިނެއްގެ ހާއިން ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ބާއްވާ ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދު ހުއްދަ ދީފައިވަނީ މިމަހުގެ 18 ވާ، ބުރާސްފަތި ދުވަހުގެރޭ ޖަލްސާ ބޭއްވުމަށެވެ.
ކުރިން މި ހުއްދައަށް އެދިފައިވަނީ މާދަމާރޭ ޖަލްސާ ބޭއްވުމަށެވެ.
މާދަމާރޭ ޖަލްސާ ބާއްވަން އުމަރު އެދުނު އިރު މާދަމާ ރެއަށް ކާނިވާ އޮތީ ބަޔަކަށް ދޫކޮށްފައެވެ.
އުމަރު ނަސީރު އިސްވެ ހުންނަވައިގެން ޖަލްސާއެއް ބާއްވަން ނިންމީ، ލުތުފީ ލަންކާގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.
ލަންކާގައި ލުތުފީ ފިލައިގެން އުޅެނިކޮށް، އެގައުމުގައި ދިން ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން ހިމާޔަތް ހޯދުމަށް ދިވެހި އެމްބަސީއަށް ލުތުފީ ދިއުމުން އޭނާ އެމްބަސީގައި ދެމަސް ދުވަހު ބަހައްޓާފައި ވެއެވެ.
ލުތުފީ ރާއްޖެ ގެނެސް މިހާރު ވަނީ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންގޮސްފައެވެ.
ނަވާރަ ދިވެހިން ޝަހީދުކޮށްލި އުދުވާނާގުޅިގެން ޝަރިއަތްކޮށް ލުތުފީ މަރަން ހުކުމްކުރިއެވެ. ނަމަވެސް ފަހުން އެ ހުކުމް ވަނީ އުމުރު ދުވަހަށް ބަދަލުކޮށްފައެވެ.
އުމަރު ބާއްވާ ޖަލްސާއަށް ކާނިވާ ސަރަހައްދު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ