މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފަށަން ތައްޔާރުވަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ޕްލޭންތައް ހަދަމުން އަންނަ ކަމަށް އެ އެއާލައިންގެ އެމްޑީ، މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ. މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ، ޗައިނާ، އިންޑިއާ އަދި ބަންގަލަދޭޝްއަށެވެ. މޯލްޑިވިއަންގެ އެމްޑީ، ރިޒްވީ މިއަދު "ސަން"އަށް ވިދާޅުވީ މޯލްޑިވިއަންއަށް ސީދާ ޑައިރެކްޓްކޮށް ޔޫރަޕަށް ދަތުރު ކުރެވިއްޖެ ނަމަ، ރާއްޖެއަށް ގެންނަ ޓޫރިސްޓުން އިތުރު ކުރެވި އެ ދަތުރުތަކުން ރަނގަޅު ފައިދާއެއް ނެރެވޭނެ ކަމަށެވެ. ރިޒްވީ ވިދާޅުވީ ޔޫރަޕަށް ދަތުރު ފެށުމަށް ހަދަން ޖެހޭ ރިސާޗްތައް މިހާރު ހަދަމުން އަންނަ ކަމަށެވެ. "އާ އެއްވެސް ޑެސްޓިނޭޝަނަކަށް ދަތުރުފެށުމުގެ ކުރިން އަޅުގަނޑުމެން ޖެހޭ އެބަ ފީސިބިލިޓީ ސްޓަޑީޒްއެއް ހަދަން. އެހެންވެ، އެކަމަށް ހަދަން ޖެހޭ ދިރާސާތައް މިހާރު ވަނީ ފެށިފައި. މޯލްޑިވިއަންގެ ޑްރީމެއް އެއީ ޔޫރަޕަށް އުދުހެން ފެށުން،" މޯލްޑިވިއަންގެ ޗައިނާގެ ދަތުރުތައް ފެށުމުގައި ވެސް އިސްކޮށް އުޅުއްވި ރިޒްވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޔޫރަޕަށް ދަތުރު ފެށުމަށް ވައިޑްބޮޑީ އެއާކްރާފްޓްތައް ވެސް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ސްޑަޓީގެ ތެރޭގައި އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒްވީ ވިދާޅުވި ގޮތުގައި، ބޮޑެތި ކަންކަމަށް ވަގުތު ނަގާނެ އެވެ. "ދިވެހިރާއްޖެ ޓޫރިޒަމް ބްރޭންޑަކަށްވެގެން ޔޫރަޕަށް ދިޔަގޮތަށް، ގައުމީ އެއަރލައިނަށްވެސް ޔޫރަޕަށް ދަތުރު ކުރެވޭނެ،" ރިޒްވީ ވިދާޅުވި އެވެ. ލްޑިވިއަނުން ޗައިނާއަށް އުދުހުންތައް ބާއްވަން ފެށިތާ މި އަހަރަށް ހަ އަހަރުވެގެންދާއިރު، އެ އެއާލައިނުން އަންނަނީ ޗައިނާގެ ހަ ސިޓީއަކަށް ދަތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ