ވިލާ ހައި ސްކޫލްގެ އޯޕަންޑޭ މިއަދު ހަވީރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޯޕަންޑޭ މިއަދު ހަވީރު ބާއްވާނެކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ.
އެ ސްކޫލުން ބުނީ މިއަދު މެންދުރު ފަހު އެ ސްކޫލްގެ ގޯތި ތެރޭގައި އޭ ލެވެލްއަށް އެ ސްކޫލަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ. އެ ސްކޫލުން ބުނިގޮތުގައި، މި އޮޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން ސްކޫލުގައި ދަރިވަރުންނަށް ހާއްސަކޮށް ހިންގާނެ ހަރަކާތްތަކާއި، ސްޓްރީމްތަކާއި އެ ސްޓްރީމްތަކާ ގުުޅިފައިވާ މާއްދާތަކާ ގުޅޭ މައުލޫމާތު ދެވޭނެ ކަމަށެވެ.
ވިލާ ހައި ސްކޫލްގެ އޮޕެންޑޭ އޮންނާނީ މިއަދު މެންދުރުފަހު 15:30 އިން 18:00 ޖަހަންދެންނެވެ. މި ފަހަރުވެސް ވިލާ ސްކޫލުން 600 އެއްހާ ދަރިވަރުންނަށް ފުރުސަތު ދޭގޮތަށް ވަނީ ނިންމާފައެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު މީގެ ކުރިން ވިދާޅުވިގޮތުގައި، އޯ ލެވެލްގައި ފަސް މާއްދާއިން ފާސްނުވިކަމުގައިިވިޔަސް އެ ސްކޫލްގައި އޭ ލެވެލް ހެދުމުުގެ ފުރުސަތު އޮންނާނެއެވެ.
"ފަސް މާއްދާއިން ފާސްވާ ކުދިންނަށް ސަރުކާރުން ފީ ދައްކަވާ ގޮތަށް ހަމަޖެހިފައި އޮތްކަމުގައި ވިއަސް އެހެން ކުދިންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ހުޅުވާލާފައިވާނީ، އެކުދިންނަށްވެސް ފުރުސަތެއް ނުގެއްލޭނެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު އެންމެ ރަނގަޅަށް ތަންފީޒު ކުރާ ސްކޫލަކީ ވިލާ އިންޓާރނޭޝަލް ހައި ސްކޫލު" ޕްރިންސިޕަލް ވިދާޅުވިއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ފަސް މާއްދާއިން ފާސްވާ ކުދިންނަށް ވިލާ ސްކޫލްގައި ފީ ދައްކާކަށް ނުޖެހޭނެއެވެ. އެކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު އޮންނައިރު، ފީ ދައްކައިގެން ކިޔަވަން ޖެހޭނީ ފަސް މާއްދާއިން ފާސް ނުވާ ކުދިންނެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ އޭލެވެލް ކިޔެވުމަށް އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލެވެ.
މިދިޔަ ބުދަ ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ސްކޫލުން  އޭލެވެލް ކިޔަވަން ބޭނުންވާ ކުދިންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ