އަތޮޅޮތެރޭގެ ކަރަންޓުގެ އަގު ބޮޑުވާ މައްސަލައަށް ސަރުކާރު މެމްބަރުންވެސް ތާޢީދުކޮށްފި

މާލެ އާއި އަތޮޅުތެރޭގެ ކަރަންޓްގެ އަގުގެ ފަރަޤު ބޮޑުވާ މައްސަލަ ބެލުމަށް އިދިކޮޅު މަޖިލިސް މެންބަރުންނާ ސަރުކާރަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުން އިއްތުފާގުވެ، ކަމާބެހޭ މުއައްސަސާގެ އިސްވެރިން ހާޒިރުކުރުމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.އެކޮމެޓީން ރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.މާލެ އާއި އަތޮޅުތެރޭގެ ކަރަންޓުގެ އަގުގެ ފަރަގު ބޮޑުވާ މައްސަލާގައި ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފްގެ އިތުރުން އެންވައިރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދާއި އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ރޮޒޭނާގެ މައްސަލައަށް ތާއިދުކޮށް ވަނީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ރޮޒެއިނާ ހުށަހެޅި މައްސަލާގައި ހަމައެކަނި ފެނަކަ ކޯޕަރޭޝަންގެ ވާހަކަ އޮތުމުން ޖައުފަރު ވަނީ ސުވާލު އުފައްދަވާފައެވެ.ޕީޕީއެމަށް ނިސްބަތްވާ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މައްސަލާގައި ހަމައެކަނި ފެނަކައިގެ ވާހަކަ އޮތް ނަމަވެސް ކޮމެޓީގައި މެންބަރުން ހުށަހަޅާ ފާސްކުރާ ގޮތަކަށް އަމަލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.ރިޔާޒު ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ ރެޔަށް ފެނަކަ އާއި ސްޓެލްކޯގެ އިތުރުން އެންވައިރުމެންޓް މިނިސްޓްރީގެ އިސްވެރިންނާއެކު ޓެކްނިކަލް ބޭފުޅުން ކޮމެޓީއަށް ހާޒިރުވުމަށް އެދި ސިޓީ ފޮނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ