ކޮމަންވެލްތު ގޭމްސްއަކީ ހުނަރުވެރި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ފުރުސަތުތަކެއް ލިބޭ މުބާރާތެއް ކަމަށާއި، މި ފުރުސަތުތައް ދިވެހި ޒުވާނުންނަށް ނަގާލީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްއާ ގުޅިގެން ޝާހިދު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް ކޮމަންވެލްތު ގޭމްސްގެ މަގު ފަހިވާނެ" ކަމަށެވެ. ރާއްޖެއިން ކޮމަންވެލްތުން ވަކިވާން ރައީސް އަބްދުﷲ ޔާމީން ނިންމެވުމާ ގުޅިގެން ކޮމަންވެލްތު ގޭމްސްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވެއެވެ.
Commonwealth Games akee Raajjeyge hunaruveri zuvaanunnah bainalaqwaamee fenvaruga gina fursathuthakeh libey mubaaraatheh. Mi furusathu Dhivehi zuvaanunnah nagaalee Yaameen ge khudhumukhuthaaru verikan dhemehettumah. Iraadhakureviyyaa zuvaanunnah adhi mi magu fahivaane. #Huttuvaa pic.twitter.com/vdSPJsZXt9
ކޮމަންވެލްތުން ކުރިން ވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. އަދި ކޮމަންވެލްތު ގޭމްސްއަކީ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރުތަކުގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ކޮމަންވެލްތަކީ ރާއްޖެއަށް ތައުލީމީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އައި ޖަމާޢަތެކެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީން ނިންމެވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޖަމާޢަތުން ގޮވާލުމުންނެވެ.
ކޮމަންވެލްތު ގޭމްސް މިއަހަރު ކުރިއަށްދާނީ އެޕްރީލް 4 އިން 15 އަށެވެ.
ކޮމަންވެލްތު ގޭމްސް ކުރިއަށްދާއިރު، އަންނަ ހަފްތާގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ލަންޑަނުގައި ކުރިއަށްދާނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ