އެޕަލް އަށް ކަރަންޓް ކާރެއް ނުއުފެއްދިގެން އުޅެނީ، ކަރަންޓް ކާރެއްގައި ހިމެނުމަށް އެޕަލް އެދޭ ފެންވަރުގެ ޓެކްނޮލޮޖީ ދުނިޔޭގައި ވެސް ނެތުމުންނެވެ. އެޕަލް އިން ކަރަންޓް ކާރު މާނަކުރަނީ އެހެން މީހުން މާނަކުރާ ގޮތަކަށް ނޫނެވެ.
އެޕަލްގެ ތަސައްވުރުގައި ކަރަންޓް ކާރު އަމިއްލަ އަށް ދުވަން ޖެހެ އެވެ. ކާރެއް އަމިއްލަ އަށް ދުވުމަށް ބޭނުންވާ ޓެކްނޮލޮޖީއެއް އަދި ނެތެވެ. މި ބުނީ އެޕަލް ބޭނުންވާ ފެންވަރު ޓެކްނޮލޮޖީގައި ނެތް ވާހަކަ އެވެ. އެޕަލްއިން މިހާރު ކުރާ މަސައްކަތަކީ އެއީ އެވެ. އަމިއްލަ އަށް ތަންތަން ހޯދައި، ދެނެގަނެ ދަތުރުކުރެވޭ ފެންވަރަށް ޓެކްނޮލޮޖީ ކުރިއެރުވުމެވެ.
އަމިއްލަ އަށް ދުވާ ކާރެއް އުފެއްދުމަށް އެޕަލް މަސައްކަތްކުރާ ކަމަށް ބުނެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމާ ގުޅޭ ގޮތުން އެޕަލްއިން އެކައްޗެކޭ ވެސް ނުބުނެ އެވެ. އެޕަލް އަކީ އެ މީހުންގެ އުފެއްދުންތަކާ ބެހޭ ގޮތުން ކުރިން ވާހަކަދައްކާ ބައެއް ނޫނެވެ. ނަމަވެސް، އަމިއްލަ އަށް ދުވާ ކާރެއް އުފައްދަން މަސައްކަތްކުރާ ކަމަށް އެޕަލްއިން ދާދި މިދާކަށް ދުވަހު ވަނީ ބުނެފަ އެވެ.
އައިފޯން 10ގައި އެޕަލްއިން ހިމެނި ޓެކްނޮލޮޖީތަކުގެ ތެރެއިން، ފޭސް އައިޑީ އަކީ އެޕަލް ކާރަށް ވާރުތަކުރާނެ ޓެކްނޮލޮޖީ އެކެވެ. އަމިއްލަ އަށް ދުވާ ކާރުގައި، ހަރުކުރާ ކެމެރާތައް، އައިފޯން ކެމެރާތަކަށް ވުރެ ބާރުގަދަވާނެ ކަމަށް ބެލެވެ އެވެ. ދޭހަ އަކީ އިންސާނުންނަށް ފެންނަ މާނާގައި ތަންތަން ވަކިކުރަން ކެމެރާ ސިސްޓަމަށް އެނގުމެވެ. ދުއްވާފައި ދާއިރު، ތަންތަން ކައިރިވާ މިންވަރު، ފުންމިން، ކުލަތަކުން ފާލުވާ އެ ކުލައެއްގެ ފަނޑު ހިޔަނި، އަޑިގުޑަން އަދި ދުވާލާއި ރޭނގަޑު ފަދަ ތަންދޮރު އެނގެން ބޭނުންވާ އަސާސީ ހުރިހާ އަސްލެއް ކެމެރާ ސިސްޓަމަށް އެނގުމެވެ.
އެޕަލްއިން އާންމުކުރި ލިޔުންތަކުގައި ގިނަ ވާހަކަތަކެއް ދައްކާފައި ނެތަސް، އިހުސާސްކުރެވެނީ އަމިއްލަ އަށް ދުވާ ކާރުގައި، ބާރުގަދަ އަދި އެހެން އެއްވެސް ބަޔަކާ ނުބައްދަލު ފެންވަރުގެ ޓެކްނޮލޮޖީ ހިމަނާނެ ކަމަށެވެ. އޭގެ ތެރޭގައި އެޕަލްގެ ވޮއިސް އެސިސްޓެންޓް، ސިރީ އަށް ވެސް މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
އެޕަލް އަށް ކަރަންޓް ކާރެއް ނުއުފެއްދިގެން އުޅެނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ