މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. މިއަދު މެންދުރުފަހުގެ ވަގުތުން ފެށިގެން މަލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ހެންވޭރު އަވަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި މައްސަލަތަކެއް ދިމާވަމުންދާ ކަމަށެވެ. Some areas of Maafannu, Mahchangoalhi and Henveyru is experiencing a power interruption. We are working to restore power as soon as possible. — STELCO (@STELCOMALDIVES) May 4, 2018 އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ވީހާވެސް އަވަހަކަށް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ