ދ މީދޫންވެސް އިރުއިރުކޮޅާ ކަރަންޓް ކެނޑެނީ

ދ މީދޫ އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެ އިރުއިރުކޮޅާ އެރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން ދާކަމަށް އެރަށުން ބުނެފިއެވެ.
މީދޫން ވާހަކަ ދެއްކި މީހަކުބުނީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރު ޖަނަރޭޓަރު ހަލާކުވެ މިދިޔަ ހަފްތާއިން ފެށިގެން ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާ ކަމުގައެވެ.
މިހާރު ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރަނީ އެކަށީގެންވާ ކެޕޭސިޓީއެއް އުފެއްދޭ ޖަނަރޭޓަރެއް ނޫންކަމަށާއި އެހެންކަމުން އިރު އިރުކޮޅާއި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވާތީ އިލެކްޓްރިކް ސާމާނަށްވެސް ގެއްލުންވަމުން ދާކަމަށް މީދޫން ވާހަކަދެއްކި ފަރާތުން ބުނެއެވެ.
އޭނާބުނީ ކަރަންޓް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމުގައެވެ.
މި ހަބަރާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ