ރައީސް ނަޝީދުގެ މައްސަލަ އިލްތިމާސް ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިލްތިމާސް ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަށްދީފި އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދަ އެ ކޯޓުން ދީފައި ވަނީ މިއަދު ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލުން ހާޒިރުކޮށްގެން އިޖުރާއީ އަޑުއެހުމެއް ވެސް ބޭއްވި އެވެ. ރައީސް ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކުރީ އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފު ނުކުރުމުންނެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްދިނުމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެ އޮފީހުގައި އެދުނު ކަމަށެވެ. ހައިކޯޓުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އިސްތިއުނާފުކުރި އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެ މައްސަލަ ބޭރުކޮށްލީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެ މައްސަލާގައި ކަންބޮޑުވުންފާޅުކުރި ބައެއް ނުކުތާތަކާ މެދު ގޮތެއް ނިންމުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ