ބޭރު ޤައުމުތަކުގައި ކޮވިޑު-19 އިން މަރުވާ ބިދޭސީން ރާއްޖޭގައި ވަޅުލަން ތާއީދެއް ނުކުރަން: މައުމޫން

ބޭރު ޤައުމުތަކުގައި ކޮވިޑު-19 އިން މަރުވާ ބިދޭސީން ދިވެހިރާއްޖޭގައި ވަޅުލަން ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު އަވަށްޓެރި ސްރީލަންކާގައި ކޮވިޑު-19 ޖެހިގެން މަރުވާ އެންމެންވެސް ވަޅުލުމުގެ ބަދަލުގައި އަންްދަނީއެވެ. އެކަމާއި ގުޅިގެން އެ ޤައުމުގެ މުސްލިމުން ދަނީ ނުރުހުންފާޅު ކުރަމުންނެވެ. އަދި އެ ޤައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސާ ވަނީ އެ ޤައުމުން ކޮވިޑު-19 ޖެހިގެން މަރުވާ މުސްލިމުން ދިވެހިރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ދިވެހިރާއްޖޭގައި އެދިފައެވެ. އެކަމާއި ގުޅިގެން ސަރުކާރުން ދަނީ އެކަން ކުރެވޭނެތޯ ބަލަމުން ކަމަށް ބުނެ ސަރުކާރުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ކޮންމެ ޤައުމެއްގެ ރައްޔިތުންނަށްވެސް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް ބޭރު ޤައުމުތަކުގެ ކޮވިޑު-19 ޖެހިގެން މަރުވާ މީހުން ވަޅުލަން ރާއްޖެ ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. ރައީސް މައުމޫންގެ ޓުވީޓުގައި ސްރީލަންކާގެ ވާހަކަ ނުގެންނެވި ނަަމަވެސް ބެލެވޭ ގޮތުގައި އެ ޓުވީޓު ކުރައްވާފައިވަނީ ސަރުކާރުން ނެރުނު ބަޔާނާއި ގުޅިގެންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ