ކޮންޓެކްޓް ނުވާ މީހެއް ހުޅުމާލޭން ކަރަންޓީނަށް ގެންދެވުނުތާ ހަފްތާއެއް!

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ކަރަންޓީނު ކުރަން ކޮންޓެކްޓް ނުވާ މީހުން ގެންދެވޭ މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ.
މިފަހަރު އެފަހަ މައްސަލައެއް ފެންމަތިވީ، ހުޅުމާލެއިންނެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތުން ބުނީ، އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހަދަމުން ގޮސް ކަރަންޓީނަށް ގެންދިޔައީ، ކަރަންޓީނަށް ގެންދަން ޖެހޭ މީހާއާ ކޮންޓެކްޓް ނުވާ މީހެއް ކަމަށެވެ.
"ކޮންޓެކްޓް ވި ފިރިހެން މީހާ އަދިވެސް އެބައުޅޭ ގޭގައި، އެޗްޕީއޭއިން ގެންދިޔައީ ޅިއަނު" އެ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދެމުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ކަރަންޓީނަށް ގެންދާ އަންހެނަކާ ކޮންޓެކްޓް ވި ފިރިހެން މީހާ މިހާރުވެސް ގޭގައި އުޅޭ ކަމަށާއި އެޗްޕީއޭއަށް ގެންދެވުނީ އެ އަންހެން މީހާގެ ޅިއަނު ކަމަށެވެ. އެވާހަކަ އެޗްޕީއޭއަށް އެންގީމައި އެކަން ރަނގަޅުކޮށް، ކޮންޓެކްޓްވި މީހާ ބަލާ އަންނާނެ ކަމަށް ބުނި ފަހުން ހަފްތާއެއް ވެއްޖެ ކަމަށާއި، އެޗްޕީއޭއިން އެމީހާ ބަލާ ނާންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އަދި މިހާރުވެސް ޅިއަނު ވީ ކަރަންޓީނު ފެސިލިޓީގައި ކަމަށްވެސް ބުނެއެވެ.
މިކަމާ ގުޅިގެން އެޗްޕީއަށް ގުޅައިގެން މައުލޫމާތެއް ސާފުވާ ގޮތެއް ނުވިއެވެ.
މިފަދަ އެހެން ހާދިސާއެއް ހއ ތަކަންދޫގައިވެސް ވަނީ ހިނގާފައެވެ. އެރަށުން ކަރަންޓީނަށް ގެންދިޔަ 3 މީހުންގެ ތެރެއިން ކުޑަ ފިރިހެން ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވް ނޫން ކަމަށާއި، ނަމަވެސް ކަރަންޓީނަށް ވަނީ ގެންގޮސްފައެވެ.
ހއ ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައިލަންޑް ހައިޑަވޭ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ފިރިހެން ކުއްޖާއަކީ 29 އަހަރުގެ އަންހެންމީހާގެ ދަރިއެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވް ނޫން ނަމަވެސް ބަހައްޓާފައި ހުރީ އެމީހުންގެ ކައިރީގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ތަކަންދޫން ޕޮޒިޓިވް ވެގެން އުޅެނީ ހއ އުލިގަމުން ޕޮޒިޓިވް ވި މީހާ (ކޭސް 52) ދަތުރު ކުރި ކާވިޔާ ބޯޓުން ދަތުރު ކުރި ބައެކެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ހއ. ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ