ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 6 ވަނަ ބާބަށް ޢަމަލުކުރުން ހުއްޓާލައި، ޝަރީޢަތްތަކުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭ ޤަވާޢިދެއް އެކޯޓުން ޢާންމުކޮށްފިއެވެ. މިޤަވާޢިދުގެ ދަށުން ވީޑިޔޯ ކޯލު މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދެވޭނެ ވަކި ޙާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޝަރީޢަތުގެ އަޑުއެހުންތައް ވީޑިޔޯ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުން ސީދާ ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމުގެ ބަދަލުގައި ވީޑިޔޯ ކޮންފެރެންސް މެދުވެރިކޮށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދުމުންނެވެ. އަދި އެޤަވާޢިދުގައި ބުނެފައިވާ ގޮތުން ހެކިންގެ ހެކިބަސް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ނަގަން ކޯޓުން ނިންމަންޖެހެއެވެ. އަދި ދަޢުވާ ލިބޭ ފަރާތް ހުރި ރަށެއްގެ ކޯޓަށް އެފަރާތް ހާޒިރުކުރުމާއެކު، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޯށް ޝަރީޢަތް ކުރިއަށް ގެންދިޔުމާމެދު އޭނާގެ އެއްވެސް އިޢުތިރާޟެއް ނެތްކަން ލިޔުމުން ކޯޓަށް އެންގުމުން، މައްސަލަ ބައްލަވާ ފަނޑިޔާރުން ޝަރީޢަތް ވީޑިޔޯ މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމަންޖެހެއެވެ. ހަމައެހެންމެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާނަމަ އެޙާލަތުގައި މުޖުތަމަޢުގެ ޢާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓަށް ޙާޒިރުކުރުމުގެ ބަދަލުގައި، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމައިފިނަމަ އެޙާލަތުގައިވެސް ޝަރީޢަތް ކުރިއަށް ގެންދެވޭނެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅުގައި ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢީ ވަކީލަށްވެސް މިޤަވާޢިދުގެ ދަށުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްކުރިއަށް ގެންދިއުމަށް އެދެވިދާނެ ކަމުގައާއި އެފަރާތްތަކުން އެގޮތަށް އެދުމުން އެގޮތަށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމައިފިނަމަ، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރެވިދާނެ ކަމުގައި ސުޕްރީމް ކޯޓުން ޝާއިޢުކުރި ޤަވާޢިދުގައި ބުނެފައިވެއެވެ. ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނެ ޙާލަތްތަކުގެ އިތުރުން، އަޑުއެހުމަށް ޙާޒިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރާނެ ގޮތުގައާއި، އަޑުއެހުން އިންތިޒާމުކުރާނެ ގޮތާއި، އަޑުއެހުން ކުރިއަށް ގެންދާނެ ގޮތުގެ ތަފުޞީލުތައް ސުޕްރީމް ކޯޓުން ޢާންމުކުރި ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްކުރުމާ ބެހޭ ޤަވާޢިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ