ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފި

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.އިލެކްޝަންސްއިން އިއުލާންކުރި ދާއިމީ ނަތީޖާގައިވާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީނަށް 111،203 ވޯޓާ އެކު ވޯޓުލީ މީހުންގެ 51.39 ޕަސެންޓް ވޯޓު ލިބުނުއިރު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 105،181 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 48.16 ޕަސެންޓެވެ.ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ސައްހަ ވޯޓުގެ ގޮތުގައި 216،384 ވޯޓު ލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 2،237 ވޯޓު ލާފަވެއެވެ.އިންތިހާބުގެ ދާއިމީ ނަތީޖާއާއެކު ޕްރޮގްރެސިވް ޕާޓީގެ އޮފް މޯލްޑިވްސް (ޕީޕީއެމް) ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު، 11 ނޮވެމްބަރު 2013 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އިންތިހާބު ވެފައިވާ ކަމަށްވެސް އިލެކްޝަންސްއިން ވަނީ އިޢުލާން ކޮށްފައެވެ.ނިމިގެންދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239.165 އެވެ. ނަމަވެސް އޭގެ ތެރެއިން ވޯޓުލާފައި ވަނީ 91.41 ޕަސެންޓް މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ