އަލްހާނަށް ޙަމަލާދިން ދެމީހުންގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފި

އަލްހާނަށް ޙަމަލާދިން ދެމީހުންގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ. މިކަން ކަށަވަރު ކޮށްދެމުން ފުލުސް އޮފީހުން ބުނީ، 2014 ފެބުރުއަރީ 1 ވަނަ ދުވަހުގެރޭ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ޙަމަލާދިންކަމުގެ ތުހުމަތުގައި ފުލުހުންގެ ތަޙުޤީޤަށް ބަންދުކޮށްފައިވާ 2 މީހުންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ބަންދު ކޮށްފައިވަނީ ޢުމުރުން 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ބަންދު ކޮށްފައިވާ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ އެދެމީހުންގެ ޝަރީޢަތް ނިމެންދެން އެދެމީހުންވެސް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކޮށްފައި ބޭތިއްބުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ